މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހާބަރު ސަރައްހަދުގައި ފުޑް ކޯޓް ހަދަމުންދާތީ ބައެއް މަގުތަކައް ގެނެވުނު ބަދަލުތައް

 

                                            ނަންބަރު : 63 (IUL)202-L/1/2017/ 

                                   އިޢުލާން

                       މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ހަދަމުންގެންދާ ފުޑްކޯޓުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެސަރަހައްދުގެ ޓްރެފިކް ފްލޯއަށް ތިރީގައި ދަންނަވާފައިވާ ބަދަލުތައް 2017 ޖޫން 13އިން ފެށިގެން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

1-  އިއްޒުއްދީންމަގު، ބޮޑުތަކުރުފާނު މަގާ ގުޅުނު ހިސާބުން އަމީނީމަގާ ހަމައަށް ދެކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުން.

 

2-  ބޮޑުތަކުރުފާނުމަގު ކަނބާއައިސާރަނިހިނގުމާ ގުޅުނު ހިސާބުން ރައިވެރިބޭ މައިޒާނުގެ އިރުދެކުނު ކަންމައްޗާ ހަމައަށް ހުޅަނގުން އިރަށް ދުއްވާ ގޮތަށް ހަމަޖެއްސުން.

 

3-  ބޮޑުތަކުރުފާނުމަގު ރައިވެރިބޭ މައިޒާންގެ އިރުދެކުނު ކަންމަތިން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް އުތުރުން ދެކުނަށް ދުއްވާ ގޮތަށް ހަމަޖެއްސުން.

 

4- އިއްޒުއްދީންމަގު ބޮޑުތަކުރުފާނުމަގުން ފެށިގެން އަމީނީމަގާ ހަމައަށް ޕާކްކުރުންމަނާ ސަރަހައްދެއް ކަމުގައި ހަމަޖެއްސުން.

                               

       ވީމާ، މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

        17  ރަމަޟާން  1438

        12  ޖޫން  2017

13 ޖޫން 2017
ހޯދާ