މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭ ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި މާލޭ ބޮޑުތަކުރުފާނު މަގުގައި ހިންގަމުން ދާ ގާޑިޔާ ތަށް ކުއްޔަށް ދޫކުރުމާއި ބެހޭ

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު:

މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތައް.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް.

މާލޭ ބޮޑުތަކުރުފާނުމަގުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރެވޭ ތަން

 

ކުއްޔަށް ދޫކުރާ ތަނުގެ ކުލީގެ އަދަދު:

މާލޭ ލޯކަލް މާރުކޭޓުން ގޮޅިއެއް މަހަކު 2000.00 ރުފިޔާއަށް.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއް މަހަކު 2000.00 ރުފިޔާއަށް.

މާލޭ ބޮޑުތަކުރުފާނުމަގުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރެވޭ ކޮންމެ ތަނަކަށް މަހަކު 2000.00 ރުފިޔާއަށް.

ކުއްޔަށް ދޫކުރެވޭ މުއްދަތު:

1 (އެކެއް) އަހަރު ދުވަސް.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި ކަމަށް އެދޭ ފޯމް މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯމް ހުށަހަޅުއްވާއިރު ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފުރިހަމަ ކުރެއްވުމަށްފަހު ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ފޯމް ހުށަހަޅާފަރާތުގެ ހުންނަންޖެހޭ ޝަރުތުތައް:

ދިވެހި ރައްޔިތެއްކަމުގައި ވުން.

18 އަހަރު ފުރިފައިވުން

މީގެ ކުރިން ގާޑިޔާއެއް ނުވަތަ ގޮޅިއެއް ކުއްޔަށް ހިފައި، އެތަނަށް ދައްކަންޖެހޭ ކުލި މަހުން މަހަށް ނުދައްކާފަރާތަކަށް ނުވުން.

ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ ، އެ ހުށަހަޅާތަނަކަށް އެއްފޯމެވެ.

 

  މި އިޢުލާނާއި ގުޅިގެން ހުށަހަޅާ ފޯމްތަކަށް މާކްސް ދެވޭނެ ގޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4337-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

12 ޖޫން 2017
ހޯދާ