ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އޮފީސް ފޮޅާސާފުކުރުމުގެ މަސައްކަތުގެ އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ އޮފީސް އިމާރާތް 1 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފުކުރުމަށް ބޭނުންވެގެން 05 ޖޫން 2017 ގައި ކުރި ނަންބަރު:  (IUL)179-3.2/1/2017/9  އިޢުލާނާގުޅިގެން އެކަށީގެންވާ ޢަދަދަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެ އިޢުލާނު ބާތިލުކޮށް އެފުރުސަތު އަލުން ހުޅުވާލަމެވެ.

 

މިއޮތޯރިޓީ ހިންގަމުން ގެންދާ  ހ. އޯކިޑް 3 ވަނަ ފަންގިފިލާ 01 އަހަރުދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޖޫން 2017 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014105 ނުވަތަ 3014125 ފޯނަށް ގުޅުއްވުން އެދެމެވެ.

މިއޮތޯރިޓީ ހިނގަމުންދަނީ އަމީރު އަޙްމަދު މަގުގައި ހުންނަ، ހ. އޯކިޑް، ގެ 3 ވަނަ ފަންގިފިލާގައެވެ.

 

17 ރަމަޟާން 1438

12 ޖޫން   2017

 

12 ޖޫން 2017
ހޯދާ