ދިވެހިރާއްޖެ
ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގެ މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
01. ކަރަންޓަށް މިހާރު ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެކަން ޙައްލުކޮށް ދިނުން.
02. ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރަން ބޭނުންވާތީ 10 އަހަރު ދުވަހުގެ ޕްލޭނެއް ހެދުން.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން |
ފ. ނިލަންދޫ ކައުންސިލް އިދާރާގައި |
މަޢުލޫމާތު ސާފުކޮށްދިނުން |
21 ޖޫން 2017 ބުދަ ދުވަހުގެ ކުރިން |
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން |
03 ޖުލައި 2017 ހޯމަ ދުވަހުގެ 11:00 ގައި |
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރައްވާފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގެ ކަރަންޓުގެ މައްސަލައާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
މިއިދާރާއަށް ވަޑައިގެން ނުވަތަ 6740016 ، 7905438 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.