ދިވެހިރާއްޖެ
އިޢުލާން
މިއަހަރުގެ އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި 15 އޮކްޓޫބަރު 2013 ވާ އަންގާރަ ދުވަހު ހަވީރު 16:00 ން ރޭގަނޑު 22:00 އަށް އިންޖީނުލީ އެއްގަމު ދުއްވާ އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ހަމަޖައްސައިފީމެވެ.
ވީމާ 15 އޮކްޓޫބަރު 2013 ވާ ބުރާސްފަތި ދުވަހުގެ 16:00 ން ފެށިގެން އެރޭގެ 22:00 އާ ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގެ އެއްވެސް ސަރަޙައްދެއްގައި އެދުވަހު އެވަގުތު ދުއްވުމަކީ "އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާ (ރ)ގެ ދަށުން މަނާކަމެއްކަމުގައި ޢާއްމުކޮށް އިޢުލާން ކުރަމެވެ.
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު.
- އެމްބިއުލާންސް.
- ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕް.
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައި ހުންނަ ސައިކަލް.
- އެ ދުވަހު އެ ގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު.
- އާންމުންގެ ފަސޭހައަކަށް ބޭނުންކުރާ ބަސް (ޕަބްލިކް ޓްރާންސްޕޯރޓް)
މަތީގައިވާ 6 ބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގެ ދަށުން އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދު ފަހަރަށް ޚާއްޞަ ހުއްދައެއް މިއިދާރާއިން ދޫކުރެވޭނެއެވެ. މި ހުއްދަ އެ އުޅަނދުތަކުގައި ޢާއްމުކޮށް ފެންނަން ހުންނާނެހެން ހަރުކުރެވިފައި ހުންނަންވާނެއެވެ. މިހުއްދަ ދޫކުރާނީ މިއިދާރާގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯރޓް ސެކްޝަނުން އޮކްޓޫބަރު 2013 ގެ 12 ވާ ހޮނިހިރު ދުވަހާއި، 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން 14:30 އާ ދެމެދުގައެވެ. ކޮންމެ ސެންޓަރަކަށް ދޫކުރެވޭނީ 2 ހުއްދަ ކަމުގައިވެސް ދަންނަވަމެވެ. ހުއްދަ ހޯއްދެވުމަށް ވަޑައިގަންނަވާއިރު ހުއްދަށްއެދޭ ސިޓީއާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
މިއެންގުމާއި ޚިލާފުވާ ފަރާތްތައް 2009/5 (އެއްގަމުގެ ދަތުރު ފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750 ރ. އިން ޖޫރިމަނާ ކުރެވޭނެކަންވެސް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 ޛުލްޙިއްޖާ 1434