މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( މުނިސިޕަލް ސާރވިސް އޮފިސަރ )

ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދަޢްވަތު އަރުވަމެވެ.

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް:

J-265702

މަޤާމުގެ ނަމްބަރ:

1 (އެކެއް)

މަޤާމުގެ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލަސިފިކޭޝަން:

އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސް ޔްނިޓް.

ސެކްޝަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

5610.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލަވަންސް

    1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
    2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
    3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު ޢިނާޔަތްތައް:

 

    1. އަލަށް އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރިކޯޑް ބެލެހެއްޓުން
    2. ރަށުގެ ތަފާސްހިސާބު ނަގާ ބެލެހެއްޓުން.
    3. ރަށުގެ މިސްކިތްތަކާއިބެހޭ އެއްމެހާ މަސައްކަތްތައް ކައުންސިލުން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ކުރަމުން ގެންދިޔުން.
    4. މިސްކިތްތަކަށް ބޭނުންވާ ތަކެތި ޕްރޮކިޔުމަންޓްގެ އުސޫލުތަކާއިއެއްގޮތަށް ހޯދާ ބެލެހެއްޓުން.
    5. މިސްކިތްތަކުގެ މަރާމާތު ޕްރޮޖެކްޓްތަކަށް ލިބޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުން.
    6. ފައިނޭންސް އޮފިސަރ ޗުއްޓީނަގާ ދުވަސްވަރު ބަޖެޓްގެ މަސައްކަތްތަކާއި ޙަވާލުވުން.
    7. ރަށުގައި ރަށްވެހި ވެފައިވާ މީހުންގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
    8. އިޖްތިމާޢީ ސަރަޙައްދުތަކާއި،  މަގުތައް ކުނިކަހާ ސާފުކުރެވޭނެ އިންތިޒާމްކައުންސިލުގެ ލަފާގެ މަތީން ހަމަޖައްސާ އެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
    9. ރަށުން ގޯތި ލިބިފައިވޭތޯ ބެލުމަށް އަންނަ ލިސްޓްތައް ޗެކުކޮށް ޖަވާބުދިނުން.
    10. ކައުންސިލުން ހަމަޖައްސާ އުސޫލެއްގެ މަތީން ރޭގަނޑު ވަގުތުތަކުގައި މަގުތައް ދިއްލޭނެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.
    11. މީގެ އިތުރުންވެސް ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާއި، ގުޅޭގޮތުން ވެރިން އަންގާ ކަންތައްތައްކުރުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

    1. ހިޔުމަން ރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އެކައުންޓިންގ އެންޑް ފައިނޭންސް / އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާޞިލިކޮށްފައިވުމާއިއެކު، މިއިން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

    1. ހިޔުމަން ރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އެކައުންޓިންގ އެނޑް ފައިނޭންސް / އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

    1. ހިޔުމަން ރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އެކައުންޓިންގ އެންޑް ފައިނޭންސް / އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަޤާމުގެ ޝަރުތުތައް:

    1. ލިބިފައިވާ ތަޢްލީމާއި ތަޖްރިބާ
    2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ
    3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

    1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (މި ފޯމް މި ކައުންސިލުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެެބްސައިޓުން ލިބެން ހުންނާނެއެވެ.)
    2.  ވަޒީފާޔަށްއެދޭ ފަރާތުގެވަނަވަރު(ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
    3. ވަޒީފާޔަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފާވާ ލިޔުންތައް ކިޔން އެނގޭ ފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

    1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

    1. ލިބިުފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީތަޢްލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކައަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ)

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

    1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
    2. ސިވިލަސަރވިސްގެ ވަޒީފާޔަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
    3. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށަފއިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާޔަށް އެދޭ ފޯމް ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ  csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖޫން 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރީން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާޔަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަމްބަރަކީ، 6560013 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި

ސުން ގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިޔު އޮންނާނީ 02 ޖުލައި 2017 އާއި 06 ޖުލައި 2017 އާ ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.  ވުމާއިއެކު، މި ވަޒީފާޔަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިޔުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިޔު އޮންނާނެ ތަނާއި މުއްދަތު.

މި ވަޒީފާޔަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލާ، ވަޒީފާޔަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެއްމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން.

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެއްމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ 30% (ތިރީސް އިންސައްތަ) ކަމުގައި ވާންވާނެއެވެ.

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެއްމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ.

މި އިޢްލާނާއި ގުޅޭގޮތުން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560013 ނަމްބަރ ފޯނާއިއެވެ. ފެކްސް ނަމްބަރަކީ 656001 އެވެ. އީ.މެއިލް ކުރާނީ [email protected]   އަށެވެ.

 

11 ޖޫން 2017
ހޯދާ