އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ގުޅޭ:

 

                                                      ނަންބަރު: A/IUL/344/2017/30

 

                              އިޢުލާން

 

          ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި އއ. ފެރިދޫގެ ވެށި ހިމާޔަތް ކުރުމަށްޓަކައި ހެދިފައިވާ ކުނި ނައްތާލުމުގެ ޤަވާއިދުގެ ދަށުން ކުނިގޮނޑަށް ކުނި އުކުމުގައި ހެދިފައިވާ ޤަވާއިދަށް އަމަލު ކުރުމަށް ނަސޭޙައްތެރިވަމެވެ.

          ހަމަ އެއާއެކު ގޯތިގެދޮރާއި މަގުތަކުގައި އަދި އެނޫންވެސް އެހެން ސަރަޙައްދެއްގައި ކުނި އެންދުމަކީ މަނާކަމެއްކަމުގައި ހަދާންކޮށް އެފަދައިން ޢަމަލު ނުކުރުމަށް ނަސޭޙައްތެރިވަމެވެ.

          އަދި ފަސޭހައިން ހަލާކުވާ ޒާތުގެ ބަދިގޭ ކުނި އުކާލެއްވުމުގައިވެސް ހެދިފައިވާ ޤަވާއިދުގެ ދަށުން ރަށުގެ ދެކުނު ފަރާތުން ކުޑައޮޅު މަގާއި ބޮޑުމަގާއި ދެމެދު ގޮޑުދޮށަށް ނުލައްގާނޭ ފަދަ ގޮތަކަށް އުކާލުމަށާއި ބަދިގޭ ކުނީގެ ގޮތުގައި ދަޅު ފުޅި އަދި ނެޕީ ފަދަ ތަކެތި އުކާ ނުލެއްވުމަށްވެސް ނަސޭޙަތްތެރިވަމެވެ.

               

                               

                      16 ރަމަޟާން 1438

 

11 ޖޫން 2017
ހޯދާ