ދިވެހިރާއްޖެ
`
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ކ.ތުލުސްދޫ
ދިވެހިރާއްޖެ
ނަންބަރު(IUL)H4C-A /2017/09
އިއުލާން
މިކޯޓް އިމާރާތުގެ ބޭރަށް ވާގޮތަށް ބަހައްޓާފައި ހުރި ދޮރުތަކާއި ދޮރުފަތްތައް އެލްމެނިއަމް ދޮރަށް ބަދަލުކޮށް އެދޮރޮތައް ބަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވެރިވެ ލައްވާ ފަރާތްތަކުން، 18 ޖޫން 2017 (އާދިއްތަ) ވަނަދުވަހު 11:00 އަށްމިކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވަން ކަނޑައެޅިފައިވާ ދުވަހު މަސައްކަތާއިބެހޭ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮންނާނެއެވެ. މިމަސައްކަތުގެ މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލާނުގަނެވޭނެ ކަމުގައިވެސް ދެންނެވީމެވެ.
1- 1 ބޮޑުދޮރު ފެންލައިޓް ބަޔާއި އެކު، އަދި 02 ފަޅި ދޮރުފޮތާއި 02 ފެންލައިޓާއެކު.
2- 3 ކަނީގެ 11 ކުދަދޮރު ފެންލައިޓް ބަޔާއި ދޮރުފަތްތަކާއިއެކު (22 ފަޅިދޮރުފަތާއި 22 ފެންލައިޓް ދޮރުފަތް)
3- 4 ކަނީގެ 3 ކުޑަދޮރު ފެންލައިޓް ބަޔާއި ދޮރުފަތްތަކާއިއެކު (09 ފަޅިދޮރުފަތާއި 09 ފެންލައިޓް ދޮރުފަތް)
4- 4 ފެންލައިޓާއި ދޮރުފަތްތައް (ފާހަނާގެ)
13 ރަމަޟާން 1438
08 ޖޫން 2017