ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު މެދުވެރިކޮށް ނަންބަރު އައިނު ހެއްދުމަށް އެދޭ ފަރާތްތަކަށް އައިނު ސަޕްލައި ކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން.
މި އެޖެންސީން ދީފައިވާ މައުލޫމާތާއި އެއްގޮތަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު މެދުވެރިކޮށް ނަންބަރު އައިނު ހެއްދުމަށް އެދޭ ފަރާތްތަކަށް އައިނު ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރ: IUL)199-EBS/199/2017/20) ޢިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އިޢުލާން ބާޠިލުކޮށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި ބަޔާންކުރެވިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.
| 
 ތަފުސީލު  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
 15 ޖޫން 2017  | 
 ބުރާސްފަތި  | 
 10:15  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 19 ޖޫން 2017  | 
 ހޯމަ  | 
 10:15  | 
| 
 މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް.  | 
|||
| 
 އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް.  | 
|||
އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353
- ފެކްސް: 3003535
- އީމެއިލް: [email protected]
13 ރަމަޟާން 1438
08 ޖޫން 2017
