ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ.ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2017/019
އިޢުލާން
ސްކޫލް ގޯތިތެރޭ ވޯކްވޭ ހެދުމާ ބެހޭ
މި ސްކޫލުންދޭ ކުރެހުމަކާ އެއްގޮތަށް މިސްކޫލްގެ ގޯތިތެރޭގައި ވޯކްވޭ ހަދައި، ފެންހިންދާ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ ނަމްބަރު GS60(B)/2017/017 (01 ޖޫން 2017) ޢިއުލާނަށް އެކަށީގެންވާ ވަރަށް އިޖާބަދީފައި ނުވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖޫން 13 ވާ އަންގާރަ ދުވަހުގެ 11:30ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖޫން 19 ވަނަ ދުވަހުގެ 11:30ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ރަމަޟާން 1438
08 ޖޫން 2017