ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
މިމަރުކަޒުގެ ތިރީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިމަރުކަޒުގެ ސޭފްޓީ ރޫމްގައި ހުރި ރެނދުތައް ބައްދައި ސީލިންގް ފަންކާއެއްހަރުކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން  2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 20 ޖޫން 2017 ވާ އަންގާރަ ދުވަހުގެ  11:00 އަށް  އަންދާސީ ހިސާބު ހިއްޕަވައިގެން މިމަރުކަޒަށް ދުރުވެދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ޑޮކިއުމަންޓްސް ފުރިހަމަ ނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީ ހިސާބު ހުށަނާޅުއްވައިފިނަމަ ޤަވައިދުން އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ 6700026 ފޯނާއި ގުޅުއްވުން އެދެމެވެ.

  • ހުށަހަޅުއްވަން ޖެހޭ ތަކެތި :

    1  އަންދާސީ ހިސާބު (ޕްރޮޕޯޒަލް)

    2  އައިޑީ ކާޑް ކޮޕީ

    3  މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ

08 ޖޫން 2017
ހޯދާ