ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމް ކުރުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދައުވަތު

މިރަށު ބަނދަރު ސަރަހައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމް ކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)253/253/2016/125 (  އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  1. ހއ.މާރަންދޫގެ ބަނދަރު ސަރަހައްދުގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
  2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 14:00 ހއ.މާރަންދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
  3. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2017 ޖުލައި 2 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ހއ.މާރަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 2017 ޖުލައި 5 ވާ ބުދަ ދުވަހުގެ 10:30 ގައި ހއ.މާރަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގރޫމްގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "(ރަށުގެ ނަން)ގެ (ކަޅުހަން ބަހައްޓަން ބޭނުންވާ ސަރަހައްދުގެ ނަން) ގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ.

13 ރަމަޟާން 1438

8  ޖޫން    2017

08 ޖޫން 2017
ހޯދާ