ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީ ބިން ދޫކުރުން

މިރަށުގައި މަސްކައްކާ ހިއްކުމާއި، ހުއިފިލަނޑާގެ މަސައްކަތްތައް ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން، މިއިދާރާއަށް ވަޑައިގެން 06 ޖުލައި 2017 ވަނަދުވަހުގެ 13:15 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭފޯމް 13 ޖޫން 2017 ވަނަ ދުވަހުން ފެށިގެން 02 ޖުލައި 2017 ވަނަދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ބައްލަވައިގަންނަ ބިޑު ފޯމް އާއިއެކު ބިންކުއްޔަށް ހިފުމާއިބެހޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ. ބިޑު ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ)އެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއިއެކުގައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މިދަންނަވާ ބިންބިމެވެ.

 

  1. މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.1، 4000 އަކަފޫޓު)
  2. މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.2، 4000 އަކަފޫޓު)

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލްއިންވެސްޓްމެންޓް ގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރ ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލްއިންވެސްޓްމެންޓް ގެ ލިޔުމެއް ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލްއިންވެސްޓްމެންޓް ގެ ރަޖިސްޓްރީގެ ކޮޕީ އަދި ބީޕީޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަފަރުދުން ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމް ހިފައިގެން ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން 1438

08 ޖޫން 2017

08 ޖޫން 2017
ހޯދާ