ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ކަރަންޓް މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގެ ކަރަންޓް މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް 2017 މެއި 30 ގައި ކުރި ނަމްބަރ GS110/IUL/2017/13 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މި ސްކޫލްގެ ކަރަންޓް މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި.

އަންދާސީހިސާބު ހުށަހެޅުން

2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި.

 

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 12:00 އަށް 6540582 ނަންބަރު ފޯނާއެވެ.                                                                  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖޫން 2017
ހޯދާ