މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އަލުން ހުއްދަ ދިނުމާ ބެހޭ

އިޢުލާން

1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އަލުން ހުއްދަ ދިނުމާ ބެހޭ

މި މިނިސްޓްރީގެ ނަންބަރު: (IUL)142-C2/1/2017/58 (1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމާ ބެހޭ) އިޢުލާން ބާޠިލްކޮށް އަލުން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޙައްޖަށް މީހުން ގެންދިއުމަށްޓަކައި ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި، ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރިކަމަށް ފެންނާތީ އާއި، މިފަދަ ނާޒުކު ޙާލަތެއްގައި ދިވެހި ޙައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ މަޞްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ 1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަންނަނިވި ގްރޫޕްތަކަށް ދިނުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގްރޫޕްތައް ތިރީގައި މިވަނީއެވެ.

ކުންފުނީގެ ނަން

1-      މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

2-      އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

3-      ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

4-      ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް

12 ރަމަޟާން 1438

07 ޖޫން 2017
ހޯދާ