މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ވެބްސައިޓް އަދި އިންޓްރާނެޓް ޑިޒައިންކޮށް ޑިވެލޮޕް ކުރުން

މި މިނިސްޓްރީގައި ވެބްސައިޓް އަދި އިންޓްރާނެޓް ޑިޒައިންކޮށް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯއްދެވުމަށް ކުރެވުނު ނަމްބަރ (IUL)13-E/13/2017/93  ( 18 މެއި 2017) އިޢުލާނާއި، ގުޅިގެން އެ މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކަން ބިޑް ހުށަހަޅުއްވާފައިނުވާތީ،  މި މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

މަސައްކަތުގެ ތަފްސީލް

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

މި މިނިސްޓްރީގެ ވެބްސައިޓް އަދި އިންޓްރާނެޓް ޑިޒައިންކޮށް ޑިވެލޮޕް ކުރުން

2017 ޖޫން 13

13:00ގައި

2017 ޖޫން 20

13:00ގައި

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06 ޖޫން 2017
ހޯދާ