ދިވެހިރާއްޖެ
ނަންބަރު: (IUL)30-C/30/2017/78
ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި، ތިރީގައި ތަފްސީލް ދެވިފައިވާ ގޮތަށް ކުލަ ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- އެކޮމޮޑޭޝަން ބްލޮކް 1 (2600އަކަފޫޓް)
- އެކޮމޮޑޭޝަން ބްލޮކް 2 (1550 އަކަފޫޓް)
- އޮފީސް ބްލޮކް (2400 އަކަފޫޓް)
ކުލަ: ހުދު ކުލަ Nippon paint weather bond (Exterior wall paint)
ކުލަ ލުމަށް ބޭނުންވާ ދޮރު އަދި ކުޑަދޮރު ތަކުގެ ތަފްސީލް
އޮފީސް ބްލޮކް
- 2 ދޮރު 2 ފޫޓް 9 އިންޗި × 8 ފޫޓް 7 އިންޗި (ދޮރުގެ ސައިޒް ފްރޭމްއާއެކު)
- 1 ބިއްލޫރި ފްރޭމް 6×8 ފޫޓް
- 2 ކުޑަދޮރު 6×5 ފޫޓް (ކުޑަދޮރުގެ ސައިޒް ޕްރޭމްއާއެކު)
- 2 ކުޑަދޮރު 6×4 ފޫޓް (ކުޑަދޮރުގެ ސައިޒް ޕްރޭމްއާއެކު)
- 3 ފެންލައިޓް 6×2 ފޫޓް (ފޭންލައިޓްގެ ސައިޒް ފްރޭމްއާއެކު)
ކްލާސްރޫމް ބްލޮކް
- 4 ކުޑަދޮރު 5 ފޫޓް 9 އިންޗި × 6 ފޫޓް (ކުޑަދޮރުގެ ސައިޒް ފްރޭމްއާއެކު)
- 2 ދޮރު 3×9 ފޫޓް (ދޮރުގެ ސައިޒް ފްރޭމްއާއެކު)
- 1 ދޮރު 4 ފޫޓް 7 އިންޗި × 9 ފޫޓް (ދޮރުގެ ސައިޒް ފްރޭމްއާއެކު)
- 2 ފެންލައިޓް 6×2 (ފޭންލައިޓްގެ ސައިޒް ފްރޭމްއާއެކު)
- 2 ފެންލައިޓް 2×2 (ފޭންލައިޓް ސައިޒް ފްރޭމްއާއެކު، ސިޓިންގ ރޫމްގެ)
ބްލޮކް 1
- 1 ދޮރު 6.5 ފޫޓް × 3 ފޫޓް (ދޮރުގެ ސައިޒް ފްރޭމްއާއެކު)
- 5 ދޮރު 3 ފޫޓް × 8 ފޫޓް (ދޮރުގެ ސައިޒް ފްރޭމްއާއެކު)
- 3 ކުޑަދޮރު 3 ފޫޓް 4 އިންޗި × 6 ފޫޓް (ކުޑަދޮރުގެ ސައިޒް ފްރޭމްއާއެކު)
- 2 ކުޑަދޮރު 4.5 ފޫޓް × 6 ފޫޓް (ކުޑަދޮރުގެ ސައިޒް ފްރޭމްއާއެކު)
- 2 ކުޑަދޮރު 6 ފޫޓް × 6 ފޫޓް (ކުޑަދޮރުގެ ސައިޒް ފްރޭމްއާއެކު)
ކުލަ: blue Ridge 3153D or Climbing vine 102A or Beanstalk 113D
Paint: Nippon paint aqua bodelac (Wooden doors and windows)
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ނުވަތަ މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
- މުއްދަތަށް 20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20 )
- ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
ށ. ހުށަހަޅާ ފަރާތާއި ބެހޭ ޕްރޮފައިލް.
ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ އަދި ޓެކްސް ކްލިއަރެންސްހުށަހަޅަންވާނެވެ.
ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަން ނުޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރަން ނުޖެހޭކަން ބަޔާންކޮށް މީރާއިން ދޫކުރާ ލިޔުން ހުށަހަޅަންވާނެއެވެ.
ބ. އިމާރާތްކުރުން ނުވަތަ މަރާމާތުކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީކުރިކަމުގެ ލިޔުން.
ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7784963 ނުވަތަ 6520076 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.