ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
5ބޮޑު ދޮރާއި ބޮޑު ދޮރުފަތްތަށް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯއްދުން

g

 

 ކުނަހަންދޫ ސްކޫލު

ލ. ކުނަހަންދޫ

GS-184/IUL/2017/15

އިޢުލާން

5ބޮޑު ދޮރާއި ބޮޑު ދޮރުފަތްތަށް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯއްދުން

 

މިސުކޫލުގެ 5 ބޮޑު ދޮރާއި ދޮރުފަތްތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަމްބަރ GS-184/IUL/2017/13 ( 14 މޭ 2017 )ގެ އިޢުލާނު އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮއް އަލުން އިޢުލާން ކުރީމެވެ .ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް ކުނަހަންދޫ ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރު ވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ޙާޒިރުވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6800744 ނަންބަރަށެވެ.

#

ޕޮއިންޓް ދިނުމުގައި ބެއްލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

65

2

މަސައްކަތުގެ މުއްދަތަށް

25

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

5

4

މަސައްކަތުގެ ތަޖުރިބާއަށް

5

 

ޖުމްލަ (ސަތޭކަ)

100

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ރަމަޟާން 1438

07 ޖޫން 2017

ސަތިސް ބާބޫ    

ޕްރިންސިޕަލް    

admin@kunahandhooschool.edu.mv  އީ-މެއިލް     ފެކްސް 6800744        ފޯން 6800744 ލ. ކުނަހަންދޫ ސްކޫލް   

07 ޖޫން 2017
ހޯދާ