މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލްޓީވީ ރިސީވަރުތައް ރީޗާޖް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ކޭބަލްޓީވީ ރިސީވަރުތައް ރީޗާޖް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

          ރ. އަނގޮޅިތީމް ކައުންސިލުން ދެމުންދާ ކޭބަލްޓީވީ ޚިދްމަތް ދިނުމަށް ބޭނުންވާ ރިސީވަރުތައް 01 އަހަރު ދުވަހުގެ މުއްދަތަށް ރީޗާޖް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢްލާންގައިވާ ތާރީޚްތަކުގައި މަޢްލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ މަޢްލޫމާތު ދިނުން އޮންނާނީ 12 ޖޫން 2017 ވާ ހޯމަ ދުވަހުގެ 13:15 ގައި މި ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:15ގައި މި ކައުންސިލް އިދާރާގައެވެ. މި މަސައްކަތަށް ކުރިމަތި ލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕެރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

          މި މަސައްކަތުގެ މަޢްލޫމާތު ސާފު ކުރުމަށް އަދި ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ. މަޢްލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި މަޢްލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

 

ކުރަންޖެހޭ މަސައްކަތް:

  • ކޭބަލްޓީވީ ޗެނަލްތައް ރީޗާޖްކޮށް ޚިދްމަތް މެދުނުކެނޑި ބެލެހެއްޓުން

 

                   12 ރަމަޟާން   1438 

                    07 ޖޫން    2017

07 ޖޫން 2017
ހޯދާ