ދިވެހިރާއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ނަންބަރު: HZN/IULAAN/2017/10
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑު މެމްބަރުން ހޯދުމަށް
ޚަޒާނާ މޯލްޑިވްސް ލިމިޓްގެ ޝަރީޢާ ބޯޑުގެ މެމްބަރުކަމަށް ކުރިމަތުލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝަރީޢާ ބޯޑުގެ މެމްބަރުންގެ މަސްޢޫލިއްޔަތުތަކާއި ޝާރީޢާ ބޯޑާ ބެހޭ އިތުރު މަޢުލޫމާތު މިއިޢުލާނާއެކުވާ "ޓަރމްސް އޮފް ރިފަރެންސް" އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިބޯޑުގެ މެމްބަރުކަމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ސިޓީއާއެކު، ކުރިމަތިލައްވާ ބޭފުޅެއްގެ ވަނަވަރު މިކުންފުނީގެ ތިރީގައި މިދަންންނަވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،
ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ،
އަމީރު އަޙުމަދު މަގު، 20030،
މާލެ، ދިވެހިރާއްޖެ
އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުނެ އެދެމެވެ.
މި އިޢުލާނާގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ޓެލެފޯނު ނަންބަރު 2000 301 އަށް ރަސްމީގަޑީގައި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.