މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ހުނަރު އިތުރު ކުރުމާއި އަމަލީ ތަޖުރިބާ ޙާޞިލް ކުރުން

 

 

އިންޓާންޝިޕް ފުރުޞަތު

ނަންބަރު:

IUL) 30-F/30/2017/77)

 

ނަންބަރު:

06 ޖޫން 2017

 

   މިމިނިސްޓްރީގެ ނަންބަރު (IUL)30-F/30/2017/47 އިއުލާނާއި ގުޅިގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަމަލީ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރު ކުރުމާއި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމުގެ ފުރުޞަތަށް އެދި ގިނަ ބަޔަކު ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އެހެންކަމުން ގިނަ ފަރާތްތަކަށް މިފުރުޞަތު ދިނުމުގެ ގޮތުން (IUL)30-F/30/2017/47 ނަންބަރު އިއުލާނުގައިވާ ބައެއް މައުލޫމާތު ތަކަށް ތިރީގައި މިދަންނަވާ އިސްލާހު ގެނައުމަށްފަހު ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުއްވުމަށް އަލުން ހުޅުވާލަމެވެ.

 

  • މުއްދަތު: 1 ޖުލައި 2017 އިން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް
  • ފުރުޞަތު ދެވޭނެ ބައިވެރިންގެ އަދަދު: 6
  • އިނާޔަތްތައް: މަހަކު 2000 ރުފިޔާގެ އެލަވަންސް އަދި ހުރުމާއި ކެއުމުގެ ޚަރަދުތައް ބަލަހައްޓާނީ މިނިސްޓްރީގެ ފަރާތުން. (ނޯޓް: މިނިސްޓްރީގެ ފަރާތުން ހުރުމާއި ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނީ ހަމައެކަނި ހަނިމާދޫ ނޫން އެހެން ރަށްރަށުން ވަޑައިގަންނަވާ ފަރާތްތަކަށް)

 

އިންޓާންޝިޕް ފުރުޞަތާ ގުޅިގެން ފުރަތަމަ ކުރެވުނު (IUL)30-F/30/2017/47 ނަންބަރު އިއުލާނާ ގުޅިގެން ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ. ނަމަވެސް މިއިއުލާނާ ގުޅިގެން އިންޓާންޝިޕް ޕްރޮގްރާމަށް ގެނެވިފައިވާ ބަދަލުތަކާ އެކުވެސް ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަން ޝައުޤުވެރިވެ ވަޑައިގަންނަވާނަމަ 13 ޖޫން 2017 ގެ 14:00ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލްއަކުން ([email protected]) މި މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދެމެވެ.

 

 

 

ޝަރުތު:

 

- އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން

- އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި ބޭފުޅަކަށްވުން

- 6 މަސް ދުވަހުގެ މުއްދަތައް ހަނިމާދުގައި ސްޓޭޝަންވެ ހުންނެވޭނެ ފަރާތަކަށްވުން

- މިނިސްޓްރީއާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކޮށް މަސައްކަތް ކުރައްވާނެ ފަރާތެއް ކަމުގައިވުން  

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓްއިން ލިބިލައްވާނެ)

- ތައުލީމީ ސެޓިފިކެޓެއް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ކޮޕީ

ސުންގަޑި:  

13 ޖޫން 2017 ވަނަ ދުވަހުގެ 14:00ގެ ކުރިން

06 ޖޫން 2017
ހޯދާ