މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް:               މަސައްކަތު

ބޭނުންވާ އަދަދު:         1 (އެކެއް)

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:          އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:   ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:             -/3100 ރުފިޔާ

ސަރވިސް އެލަވަންސް:    -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:  ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް / ފައިނު ކައުންސިލްގެ އިދާރާ

މަޤާމުގެ ޝަރުޠު: ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. އިދާރާއިން ހަމަޖައްސާ ތާވަލަކާއި އެއްގޮތަށް ކައުންސިލްގެ އިދާރާ ހުޅުވާ ލައްޕާ މުވައްޒަފާ ބައިވެރިވެ އެހީތެރިވުމާއި އިދާރާ ހުޅުވުމުން އެތެރެއާއި އެތެރޭގައިހުންނަ މޭޒް،ގޮޑި މެޝިނަރީ ފަދަ ތަކެތި ސާފުކޮށް އެއަރކޯނު ޖެއްސުމާއި ނިވުން  
  2. ކައުންސިލްގެ އިދާރާއާއި ރަށްވެހިގެއާއި، މިތަންތަނާއި މިތަންތަނުގެ ގޯތިތެރެއާއި، ގޯއްޗާއި ގުޅިފައިވާ ބޭރު މަގާއި ގޯޅީގެ ½ ( ގޯއްޗާއި ގާތްފަރާތް ) ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  3. ކައުންސިލްގެ އިދާރާއަށް ޙާޟިރުކުރަންޖެހޭ މީހުން އޮފީހުން އަންގަވާ ގޮތެއްގެ މަތިން ޙާޟިރުކުރުން.
  4. ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ސަރުކާރާއި ރައްޔިތުންގެ ތަކެތި ސާފުކަމާއި ރަށްކާތެރި ކަމާއިއެކު ބެލެހެއްޓުމުގައި އޮފީހުން އަންގާ ގޮތެއްގެ މަތިން އެހީތެރިވުން.
  5. ކައުންސިލްގެ އިދާރާގެ ފެންވަޅު ސާފުކޮށް ބެލެހެއްޓުން މިކަންކުރުމުގައި މަދުވެގެން އަހަރަކު 2 ފަހަރު ވަޅު ދިޔަހިއްކުން.
  6. ހަފުތާއަކު 1 ދުވަހު ދޮރާ ދޮރުފަތުގައި ފެންފޮތިލުމާއި، މަހަކު 1 ފަހަރު ދިޔަދޮވި ސާފުކުރުމާއި، 4 މަހުން 1 މަހު ދޮރުފޮތި ދޮވެ ސާފުކުރުން.
  7. ކައުންސިލްގެ އިދާރާގެ ގޯތިތެރެއަކީ ހިތްގައިމު ތަނަކަށް ހެދުމަށްޓަކައި ގޯތިތެރޭގައި ބަގީޗާގަސް އިންދާ ހެއްދުން.
  8. ކައުންސިލްގެ އިދާރާއިން އާއްމުކުރަންޖެހޭ އިއުލާނުފަދަ ތަކެތި އާއްމުކުރުން.
  9. ރަށުގެ ރައްޔިތުންނަށް ބޯފެންފޯރުކޮށްދިނުމަށްޓަކައި އިޖުތިމާޢީ ޞަރަޙައްދުތަކުގައި ބެހެއްޓިފައިވާ ތާނގީތަކަށް ފެންއެޅުމާއި ފެންދޫކުރުމާއި، ބެލެހެއްޓުމުގެ މަސައްކަތް ކުރުން ( މިމަސައްކަތްކުރުމާއި ދިމާވާ ކަންކަމުގައި ކައުންސިލްގެ އިދާރާއާއި މަޝްވަރާކޮށްގެން ކުރަމުން ގެންދިއުން )
  10. އިދާރާއިން ފައިލްކުރަންޖެހޭ ތަކެތި ފައިލްކުރުމާއި ގިނަ ދުވަސްވަމުންދާ ލިޔުންތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  11. އިދާރާގެ ތަކެތި ބެހެއްޓިފައިވާ ގުދަން ސާފުކޮށް ބެލެހެއްޓުމާއި އެތެރޭގައި ބަހައްޓާ ތަކެތި  ތަރުތީބްކޮށް ބެލެހެއްޓުން.
  12. ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުންރާވާ އެކިއެކި ކަންކަމުގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބައިވެރިވުމާއި ރަށުތެރެ ސާފުކުރުމަށް ގޮވުންފަދަ ސައުންޑް ސިސްޓަމުން ނުވަތަ މެގަފޯނުން ޢާއްމުންނަށް އަންގަންޖެހޭ އެންގުންތައް އަންގަމުންގެންދިއުން.
  13. މީގެ އިތުރުންވެސް ވަޒީފާގެ މަސައްކަތާއިގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

ޢިނާޔަތްތައް:

 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

އިންޓަވިއު ކުރުން.

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 20 ޖޫން 2017 ވާ އަންގާރަ ދުވަހުއެވެ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް  www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ނ- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ރ- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" . ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ޅ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ދުވަސްތަކުގެ ހެނދުނު 10:00 އިން 13:30 އަށް ފައިނު ކައުންސިލްގެ އިދާރާއަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ ނަމްބަރ  6580072 ފޯނަށް ގުޅުން އެދެމެވެ. 

09 ރަމަޟާން 1438

04 ޖޫން  2017  

04 ޖޫން 2017
ހޯދާ