ދިވެހިރާއްޖެ
އިޢުލާން
ސްކޫލްތަކަށް ބޭނުންވާ ކުޅިވަރު ސާމާން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2017/125) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޮޓް 02 އަދި 04 ށް ހުށަހަޅާފައިވާތަކެތި ޓެކްނިކަލް އިވެލުއޭޝަނުން ޑިސްކޮލިފައި ވުމާއި ލޮޓް 01 ށް ހުށަހަޅާފައިވާ ތަކެތީގެ އަގު ބޮޑުކަމަށް ފެންނާތީ، މިލޮޓްތަކަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުން | އަންދާސީ ހިސާބު ހުށަހެޅުން | 
| 2017 ޖޫން 12 ވަނަ ދުވަހުގެ 11:00 ށް | 2017 ޖޫން 29 ވަނަ ދުވަހުގެ 11:00 ށް | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ.
 
                    