ދިވެހިރާއްޖެ
އިޢުލާން
މިމިނިސްޓްރީ އާއި ސްކޫލްތަކުގެ ލިޔެކިޔުމުގައި ބޭނުންކުރާ ކަރުދާސް 01 އަހަރަށް ސަޕްލައިކޮށްދޭނެ 04 ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2017/176) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުމަށް | އަންދާސީ ހިސާބު ހުށަހެޅުމަށް | 
| 2017 ޖޫން 08 ވަނަ ދުވަހުގެ 14:00 ށް | 2017 ޖޫން 13 ވަނަ ދުވަހުގެ 14:00 ށް | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ.
 
                    