ދިވެހިރާއްޖެ
ނަންބަރު: (IUL)203-WMPP/203/2017/7
ޢިޢުލާން
1438 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އަދި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަނުން ސާފުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އުކާލަން ގަސްދުކުރައްވާ ކުނި މަގުމައްޗާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާތީވެ އެގޮތަށް އަމަލުނުކުރުމަށް މި އެޖެންސީގެ ނަންބަރު (IUL)203-WMPP/203/2017/4 (23 މެއި 2017) އިޢުލާނުން އަންގާފައެވެ. އެހެންނަމަވެސް މިކަމަށް އިޖާބަ ނުދެއްވާ މަގުމައްޗާ ދުވާރުމައްޗަށް އެކި ބާވަތްތަކުގެ ކުނި ނެރެ ގިނަ ދުވަސްތަކެއްވަންދެން ޖަމާކޮށްފައި ހުންނަކަން މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ.
އެގިވަޑައިގަންނަވާނެ ފަދައިން މި ދުވަސްވަރަކީ ބޯކޮށް ވާރޭވެހި ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވުމުން މިގޮތަށް ކުނި ޖަމާކޮށްފައި ހުރުމުގެ ސަަބަބުން މުޅި ސަަރަޙައްދު ނުސާފުވެ، ކުނިވަސްދުވަމުންދާ ކަމުގެ ޝަކުވާ މި އެޖެންސީއަށް ދަނީ ތަކުރާރުކޮށް ލިބެމުންނެވެ. މިކަމަކީ މާލޭގެ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައްދިމާވެ އަދި ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމަށްޗަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ. މާލޭގެ މަގުތަކަކީ ކުނިމެނޭޖްކުރުމުގެ ގަވާއިދު 2013/R-58 ގެ 11 ވަނަ މާއްދާގެ (ށ) ގައި ކުނިއެޅުން މަނާ ކަމަށް ކަޑައެޅިގެން ބަޔާންކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީވެ، މި ފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމަކީ ކުށެކެވެ. އެހެންކަމުން މިގަވާއިދާ ޚިލާފުވާ ފަރާތްތަކާއިމެދު ގަވާއިދުގައިވާގޮތައް ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
01 ޖޫން 2017