ދިވެހިރާއްޖެ
`
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
ތާރީޚް: 04 ޖޫން 2017 ނަންބަރު: (IUL)461/1/2017/8
އިޢުލާން - ވަޒީފާގެ ފުރުޞަތު
މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމު ނަންބަރު: J-271612
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް 2
މަޤާމުގެ ކްލެސިފިކޭޝަން : ސީނިއަރ އޮފިސަރ ގްރޭޑް 2
ސެކްޝަން: އެޑްމިނިސްޓްރޭޝަން އެންޑް ސްޓެޓިސްޓިކްސް ސެކްޝަން
މަޤާމު އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވަޒީފާއަދާކުރަން ޖެހޭ ތަން : ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، ކ.މާލެ
މުސާރަ : 6,295.00 (ހަހާސް ދުވިސައްތަ ނުވަދިހަ ފަސް ރުފިޔާ)
ސަރވިސް އެލަވަންސް:/-2000 ރުފިޔާ (ދެހާސް ރުފިޔާ)
އިތުރު އިނާޔަތްތައް: 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1.ޑިޕާޓުމަންޓުގެ މުވައްޒަފުންނާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން
2. ޑިޕާޓުމަންޓުން ކުރާ މަސައްކަތްތަކާ ގުޅޭ އިދާރީ ކަންތައްތަކުގައި އެހީތެރި ވެދިނުން
މަޤާމުގެ ޝަރުތު:
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓް ގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓް ގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ހުށަހަޅަންޖެހޭ ލިޔުންތައް
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓް /ގ.އެދުރުހިޔާ - 9 ވަނަ ފަންގިފިލާ (ފަޅުމަތީމަގު/ކ.މާލެ) އަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 ޖޫން 2017 ވަނަ ދުވަހުގެ 12:30 ގެ ކުރިން މި ޑޮޕާޓްމެންޓްއަށެވެ.
- އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 13 ޖޫން - 15 ޖޫން 2017 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %30 (
ތިރީސް އިންސައްތަ)
އިތުރު މަޢުލޫމާތު ހޯދުން: މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341220 ނަންބަރު ފޯނާއެވެ.
09 ރަމްޟާން 1438
04 ޖޫން 2017