ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މި ސްކޫލްގެ ބޭނުމަށް ތިރީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަން އާއި އެއްގޮތަށް 5 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ
Feature |
Requirement |
Processor |
Intel Core i3(6th Gen)6100/3.7 GHz or substantially equal |
Memory |
4GB DDR4, 1600 MHz or better |
Internal Storage |
500GB SATA-II Hard Disk Drive, 7200 RPM or better |
Optical Drive |
Tray load DVD Dive (Reads and Writes to DVD/CD) |
Network |
Integrated 10/100/1000Mbps Gigabit Ethernet Controller/In build Wi-Fi |
Graphics |
Intel HD Graphics |
Monitor |
"19.5 LED |
Standard I/O Ports |
Front I/O: 2 x USB 3.0, 1 Microphone in, 1 Headphone out Rear I/O: 2 x USB 2.0, 2 x USB 3.0, 1 x Serial, 1 x RJ-45 (Gigabit LAN), 1 x Audio line out, 1 x Microphone in, 1 x VGA Up to 2 SATA-III port on-board |
Keyboard |
USB keyboard with US layout English (QWERTY) |
Mouse |
USB 2-Bottom Optical scroll mouse |
Power |
220/240 Ac , 50-60Hz |
Operating System |
Genuine Microsoft Windows 10 Professional, 64 bit English |
Other Software |
Genuine Microsoft Office Home & Business 2016 English 64-bit License |
Warranty |
Minimum 1 Year Parts and Service Warranty |
ހުށަހަޅަންވީ ތަކެތި:
- ލ.އިސްދޫ ސްކޫލަށް ސަޕްލައިކޮށްދެވޭނެ އަގު:
- ސަޕްލައިކޮށްދެވޭނެ މުއްދަތު:
- ޓެކްނިކަލް ސްޕެސިފިކޭޝަން:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ
ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) - މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
މި ޕުރޮޖެކްޓަށް ހުށަހެޅޭ،ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 70 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 70
މުއްދަތު: 15 ޕޮއިންޓު
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 15
ތަޖުރިބާ: 15 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 15 ޕޮއިންޓް)
ހުށަހެޅޭ އަންދާސީ ހިސާބު ބާތިލް (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތަށް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- އަންދާސީހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވުން.
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ކުންފުނީގެ
ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖޫން 18 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ލ.އިސްދޫ ސްކޫލްގައި މި މަސައްކަތައް އަންދާސީ ހިސާބު ހުށަހަޅުއްވާ
ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017
ޖޫން 18 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
އިސްދޫ ސްކޫލް
ލ.އިސްދޫ، ދިވެހިރާއްޖެ.
ފޯނު: 6800562 960+
އީމެއިލް: [email protected]
ނޯޓް:
މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800562 / 9630030 ނަންބަރު ފޯނަށެވެ.