ދިވެހިރާއްޖެ
a
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ
ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2017/011
އިއުލާން
މިއެސޯސިއޭޝަނުން ރާވާ ހިންގާ ފުޓްބޯޅަ މުބާރާތްތަކާއި ހުއްދަ ދޭ މުބާރާތްތަކުގައި ކުލަބްތަކުގައި މަސައްކަތް ކުރަމުންގެންދާ ކޯޗުންގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޤުސަދުގައި ކޯޗުން ރަޖިސްޓްރީ ކުރުމަށް ވަނީ މިއެސޯސިއޭޝަނުން ނިންމަވާފައެވެ.
ވީމާ، މިއެސޯސިއޭޝަންގެ މުބާރާތްތަކުގައި ހަރަކާތްތެރިވާން ބޭނުންވާ، "ޕްރޯ"، "އޭ"، "ބީ"، "ސީ" ސެޓްފިކެޓް ކޯސް ފުރިހަމަ ކޮށްފައިވާ ކޯޗުން 02 ޖުލައި 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގައި ރަޖިސްޓްރީ ވުމަށް އެދި ދަންނަވަމެވެ. އަދި މި މުއްދަތު ތެރޭގައި ރަޖިސްޓްރީ ނުކުރާ ކޯޗުން މިއެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކާއި ހައްދަ ދޭ މުބާރާތްތަކުގައި ބައިވެރިވާ ކުލަބްތަކުގައި މަސައްކަތް ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ރަޖިސްޓްރޭޝަން ފޯމް މިއެސޯސިއޭޝަންގެ ކައުންޓަރުން ރަސްމީ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި ފޯމް އާއިއެކު ސެޓްފިކެޓްގެ ކޮޕީއެއް ހުށައެޅުމަށް ދަންނަވަމެވެ.
01 ޖޫން 2017