މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1438ހ ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

އިޢުލާނު

 

މިކޯޕަރޭޝަންގެ ފަރާތުން 1438ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

 ކައްކާ

އަދަދު:

 05

ފެންވަރު ނުވަތަ ޝަރުޠު

  • މައްކާ، މަދީނާ އަދި މިނާގައި ދިވެހި ޙާޖީންނަށް ކައްކާ ކާންދިނުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާ އެކު ގިނަ އަދަދެއްގެ ބަޔަކަށް ކައްކާ ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކާ ގަޑިތަކުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ޙާޖީންނަށް ގަޑިންގަޑިއަށް ކެއްކުން.
  • ބަދިގޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމު:

 ސަޕޯޓް ސަރވިސް  އޮފިސަރ

އަދަދު:

 05

ފެންވަރު ނުވަތަ ޝަރުޠު

  • ޙައްޖު އަދި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އަރަބި ބަހާއި އިނގިރޭސި ބަސް ނުވަތަ އުރުދޫ ބަސް އެނގޭ ފަރާތެއް ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ގަޑިން ގަޑިއަށް ކާން ހެދުމާއި ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.
  • ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން.
  • މައްކާ، މަދީނާ، މިނާ އަދި އަރަފާތުގައި ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ކޯޕަރޭޝަނުން އަންގާ ގޮތެއްގެ މަތިން ހަމަޖެއްސުން.
  • ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމު:

 ކަސްޓަމަރ ސަރވިސް އޮފިސަރ

އަދަދު:

 04

ފެންވަރު ނުވަތަ ޝަރުޠު

  • ޙައްޖު އަދި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޢަރަބި ބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙައްޖުވެރިންނަށް މައްކާ އަދި މަދީނާގެ ހޮޓަލުގައި ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުން.
  • ހޮޓަލުގައި ޙައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޙައްޖުވެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ހޮޓަލާ ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައްކުރުން.
  • ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމު:

 އިމާމް

އަދަދު:

 01

ފެންވަރު ނުވަތަ ޝަރުޠު

  • ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
  • ޙައްޖު ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަދުވެގެން 1 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްހަތު ރަނގަޅު މީހެއް ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކަނޑައެޅޭ ތާވަލާ އެއްގޮތަށް ޙާޖީންނަށް ދީނީ ދަރުސް ދިނުން.
  • ދީނީ އެކި ކަންކަން އޮޅުން ފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.
  • ޙައްޖުގެ އަޅުކަމާ ގުޅޭ އެންމެހާ ކަންކަމުގައި އިސް ދައުރެއް އަދާކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މިފޯމު ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 7 ޖޫން 2016 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢަމަލާތްކުރަން އެނގިވަޑައިގަންނަވާ ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

 

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

01 ޖޫން 2017
ހޯދާ