ދިވެހިރާއްޖެ
ނަންބަރު: (IUL)32-HRD/1/2017/41
އިޢުލާން
ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތެއްކޮށްދިނުމަށްޓަކައި ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް އެޓަރނީ ޖެނެރަލްގެ އޮފީހަށް ބޭނުންވެއެވެ.
މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކުވާ "ޓަރމްސް އޮފް ރިފަރެންސް" ގައި އެވަނީއެވެ. އަދި މި "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެންހުންނާނެއެވެ.
މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަން 7 ޖޫން 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. އަދި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، މި އިޢުލާނާއެކުވާ "ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް 13 ޖޫން 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010126 ފޯނާ ގުޅުއްވުން އެދެމެވެ.
05 ރަމަޟާން 1438
31 މޭ 2017