ދިވެހިރާއްޖެ
އިޢުލާން
ބެކްއަޕް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ
މި ބިއުރޯގެ ފައިލްސަރވަރ ތަކުގެ ބެކްއަޕް ކުރުމަށް އެންޓްރީ ލެވެލް ސްޓޮރޭޖް ސިސްޓަމެއް ގަތުމަށް ބޭނުންވެއެވެ.
ބޭނުންވާ ޢަދަދު |
ތަފްސީލް |
1 |
ބެކްއަޕް ސިސްޓަމް (އެންޓްެރީ ލެވެލް ސްޓޮރޭޖް -SAN) |
މިދެންނެވި ސިސްޓަމަށް ޕޮއިންޓް ދޭނެ އުސޫލާއި އަދި ބިޑާއިބެހޭ އިތުރު މަޢުލޫމާތު (އާރ.އެފް.ޕީ) މިބިއުރޯގެ ވެބްސައިޓްގެ ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.statisticsmaldives.gov.mv/iulaan
ވީމާ، މިތަކެތި ވިއްކެވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖޫން 7 ވާ ބުދަ ދުވަހުގެ 13:30 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާންގެ އިމާރާތުގެ 9ވަނަ ފަންގިފިލާއަށް ވަޑައިގެން އަގުހުށައެޅުންވުން އެދެމެވެ.
މިކަމާއިގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3008400 ފޯނާއި ގުޅުއްވުން އެދެމެވެ.