ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - ވީޑިއޯ ޓިއުޓޯރިއަލް ހެދުމަށް

                                                        ނަމްބަރ: IUL)221-AF/221/2017/11) 

 

 

 

އިޢުލާން

 

              މިއޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތައް ވީޑިއޯ ޓިއުޓޯރިއަލް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)221-AF/1/2017/3) އިއުލާނާއި ގުޅިގެން ދެވުނު މައުލޫމާތު ކަރުދާހުގައި ބައެއް މައުލޫމާތު އުނިވެފައި ވާތީވެ އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

   ވީޑިއޯ ޓިއުޓޯރިއަލް ހެދުމަށް ބޭނުންވާ މޮޑިއުލްތައް :

              1 -  ފްރޮކިއުމަންޓް

              2 –  ކައުންސިލް ބަޖެޓިންގ

              3 -  ޑީސެންޓްރަލައިޒޭޝަން

              4 -  ކައުންސިލްގެ ދައުރު

              5 – ކައުންސިލް މީޓިންގްސް

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖޫން 4 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖޫން 6 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުކުރައްވަން ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

              

4 ރަމަޟާން  1438

30 މެއި    2017

 

30 މޭ 2017
ހޯދާ