ދިވެހިރާއްޖެ
ސުރުޚީގައިވާ ސްކީމްގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރަށް އިޢުލާންކޮށްފައިވާ، ތިރީގައިވާ ކެޓަގަރީތަކުން ލޯނަށް ހޮވިފައިވާ ފަރާތްތަކުން ކޯސް ބަދަލުކުރުމަށް އެދި ހުށަހަޅަމުންދާކަންފާހަގަކުރެވިފައިވާތީ، މިކެޓަގަރީ ތަކުން ލޯނަށް އެދިފައިވާ ފަރާތަކުން ކޯސް ބަދަލުކުރުމަށް އެދޭނަމަ، ކޯސް ބަދަލުކުރުމަށް އެދޭ ސަބަބު ބަޔާންކޮށް ލިޔުމުން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިގޮތަށް ކޯސް ބަދަލުކުރެވޭނީ 17 މެއި 2017 އިން ފެށިގެން 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމުގައިވެސް ދެންނެވީމެވެ. ވީމާ، ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައިވާ ކެޓަގަރީތަކުން ލޯނަށް ހޮވިފައިވާ ފަރާތްތަކުން ކޯސް ބަދަލުކުރުމަށް އެދޭނަމަ، ކޯސް ބަދަލުކުރުމަށް އެދޭ ސަބަބު ބަޔާންކޮށް ލިޔުމުން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341327, 33413763341381, އާއި ގުޅުއްވުން އެދެމެވެ.