ދިވެހިރާއްޖެ
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމް ނަންބަރ: J-128931
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ސެކްޝަން: އިދާރީ
މަޤާމް އޮތް އޮފީސް: ޝަމްސުއްދީން ސްކޫލް/ ސ.މީދޫ
ވަޒީފާ އަދާކުރަން ޖެހޭ ތަން: ޝަމްސުއްދީންސްކޫލް/ ސ.މީދޫ
މުސާރަ: -/4465
ސަރވިސް އެލެވަންސް: -/1500
އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
އެކި ފަރާތްތަކުން އޮފީހަށް އަންނަ ސިޓީ، ފެކްސް މެސެޖް، ބިލްފަދަ އެންމެހާ ލިޔުންތައް އެންޓްރީކޮށް ކަމާއި ބެހޭ ފަރާތާއި ކޮޕީއެއް ޙަވާލުކޮށް، ފައިލްކުރުން
ދުވަހުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން
ދަރިވަރުންނާއި ގުޅޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ލިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
ސްކޫލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ އެތަކެތީގެ ކޮޕީ ފައިލްކޮށް ބެލެހެއްޓުން
ސްކޫލްގެ ކިޔަވައިދިނުމަށާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ސްޓޮކުން ހުސްވުމުގެ ކުރިން ނުވަތަ ބޭނުންކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ހޯދުމާއި އެއާއި ގުޅޭ ރިކޯޑްތައް ފުރިހަމަކުރުން
ދިވެހިރާއްޖޭގެ މާލިއްޔަތާއި ބެހޭ ޤާނޫނާއި ޤަވާއިދުގައި ކަނޑައަޅުއްވާފައިވާ އެންމެހާ އުސޫލުތަކާއި އެއްގޮތަށް ފައިސާއާއި ބެހޭ ކަންތައްތައް ބެލެހެއްޓުމާއި އޭގެ ރެކޯޑް ބަލަހައްޓާ، ފޮނުވަންޖެހޭ ފަރާތްތަކަށް ލިޔުންތައް ފޮނުވުން
ހަރުމުދަލުގެ ރެޖިސްޓްރީ ބެލެހެއްޓުން
ބަޖެޓް ފައިސާއާއި ބެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
އިދާރާގެ މުވައްޒަފަކު ޙާޟިރުނުވުމުގެ ސަބަބުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން
މަޤާމުގެ ޝަރުޠުތައް:
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ،
ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 'ދިވެހ' މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.
- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރިވސް ވަޒީފާއަށް އެދޭ ފޯމު (އެޕްލިޚޭޝަން ފޯމް ޝަމްސުއްދީން ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރިވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު ޝަމްސުއްދީން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ޝަމްސުއްދީން ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6895579 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖޫން 2017 އާއި 15 ޖޫން 2017 އާ ދެމެދު، ޝަމްސުއްދީން ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
%30
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6895733 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6895579 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.