ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

                    

            މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • އިންޖީނު ސްޕެއަރތަކެއް

            މި ތަކެތީގެ ނީލަން ފެށޭ އަގަކީ 3,000.00 (ތިންހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 100.00 (ސަތޭކަ) ރުފިޔާ އެވެ.

 

            ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު މިތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށް ފަހުު، 2017 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

             މި ތަކެތި ބައްލަވައިލައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން  އެދެމެވެ.

             03 ރަމަޟާން 1438   

             29 މޭ      2017  

30 މޭ 2017
ހޯދާ