ދިވެހިރާއްޖެ
އިންޓރނަލް އޮޑިޓް ސަރވިސް ހޯދުމަށް
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް އިންޓަރނަލް އޮޑިޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 21 މެއި 2017 ގައި ކުރެވުނު ނަންބަރު HZN/IULAAN/2017/07 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކުންފުންޏަށް ވަޑައިގެންދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 01 ޖޫން 2017 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް  | 
 05 ޖޫން 2017 ވާ ހޯމަވަހުގެ 13:00 އަށް  | 
މަޢުލޫމާތު ސާފުކުރަން އޮންނަ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމުގައި ދަންނަވަމެވެ.
މި އިޢުލާނާގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ޓެލެފޯނު ނަންބަރު 2000 301 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
