ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު މެދުވެރިކޮށް ވީލްޗެއަރ އަދި ވޯކާރ ހޯދުމަށް އެދޭ ފަރާތްތަކަށް މިތަކެތި ސަޕްލައި ކޮށްދިނުމުގެ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން.
އިޖްތިމާޢީ ރައްކާތެރިކުރުމުގެ ނިޒާމްގެ ދަށުން މި އެޖެންސީއަށް ވީލްޗެއަރ އަދި ވޯކާރ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ވީލްޗެއަރ އަދި ވޯކާރ އެއްއަހަރުގެ މުއްދަތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި ބަޔާންކުރެވިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެއް ވާހަކަ ދެންނެވީމެވެ.
| 
 ތަފުސީލު  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
 31 މެއި 2017  | 
 ބުދަ  | 
 10:45  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 04 ޖޫން 2017  | 
 އާދައްތަ  | 
 10:45  | 
| 
 މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް.  | 
|||
| 
 އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް.  | 
|||
އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353
- ފެކްސް: 3003535
- އީމެއިލް: [email protected]
29 މެއި 2017
03 ރަމަޟާން 1438
