ދިވެހިރާއްޖެ
އިޢުލާން
21 ޖުލައި 2016 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވި މި ތާރީޚުން ފެށިގެން ޢަމަލުކުރެވެމުންދާ ޤަވާއިދު ނަންބަރު: 2016/R-49 (ބޭހާބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) ގެ ޖަދުވަލު 2 ގައި ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ތެރޭގައި ބޭސް ވިއްކާ ތަން ހުންނަންވާނެ މިންގަނޑުތައް ބަޔާންކޮށް އެ މިންގަނޑުގެ 1 ވަނަ ނަންބަރުގައި "ބޭސްފިހާރައިގެ ތަޅުމުގައި މަދުވެގެން 75 (ހަތްދިހަ ފަހެއް) އަކަފޫޓް ހުންނަންވާނެއެވެ." މި ގޮތަށް ބަޔާންކޮށްފައި އޮތުމުގެ ސަބަބުން މި ޤަވާއިދު ތަންފީޛުވުމުގެ ކުރިން ރަޖިސްޓަރކޮށް ހިންގަމުން ގެންދިޔަ ގިނަ ފާރމަސީތަކެއްގެ ހުއްދަ އައުކޮށް ނުދެވި ހުރުމާއި ގުޅިގެން ޤާނޫނީ ގޮތުން މަޝްވަރާކުރުމަށްފަހު މިހާރުވަނީ އެފަދަތަންތަނައް 1 އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ އައުކޮށް ދިނުމަށް ނިންމާފައެވެ. އަދި އޭގެ ފަހުން ދެން ހުއްދަ އައުކޮށް ދެވޭނީ ބޭހާބެހޭ ޤަވާއިދާ އެއްގޮތަށް ފާރމަސީގައި ހުންނަން ޖެހޭ އަކަފޫޓް ހަމަވުމުން ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، 2017 މެއި 21 ވަނަ ދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށާއި އެއަށްފަހު ޤަވާއިދުގައިވާ ގޮތަށް ފާރމަސީގެ ތަޅުމުގައި މަދުވެގެން 75 (ހަތްދިހަ ފަހެއް) އަކަފޫޓް ހަމަނުވާނަމަ ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ އައުކޮށް ނުދެވޭނެ ކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25H 1438 ހ.
21 މެއި 2017 މ.