އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2017 ޖުލައި 01 އިން ފެށިގެން މާލޭގައި ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ފިޔަވައި އެހެން ފަރާތްތަކުން ކުނި ނަގައި އުކާލުމުގެ މަސައްކަތް ހުއްޓާލެވިގެންދާނެއެވެ.
ސަރުކާރުގެ ކުނި މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން، މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް މިހާރުވަނީ ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަނާއި ޙަވާލުކޮށްފައެވެ. މިގޮތުން 2017 ޖުލައި 01 ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަޙައްދުތަކުން ކުނި ނަގައި އުކާލުމުގެ ޚިދުމަތް ދިނުމަށްވަނީ ހަމަޖައްސަވާފައެވެ. އަދި މިޚިދުމަތް މުޅި މާލެއަށް ދެވެން ފެށުމުން، މާލޭގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ދޭނެ ހަމައެކަނި ފަރާތަކީވެސް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
28 މޭ 2017
ހޯދާ