ދިވެހިރާއްޖެ
ނަމްބަރު: 73/IUL)30-G/30/2017)
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިންގެން ކުރިއަށްގެންދާ " މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ހުޅެލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކުއަޓިކް އެނިމަލް ކަރަންޓީން ފެސިލިޓީއަށް އިންޖީނިއަރިން ކޮންސަލްޓަންޓެއް ހޯދަން މިނިސްޓްރީން 15 މެއި 2017 ގައި ކުރެވުނު އިޢުލާން ( (IUL)30-G/30/2017/64އަށް އެކަށީގެންވާ ވަރަށް ފަރާތްތަކުން ޕްރޮޕޯޒަލް ހުށައަޅާފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރީމެވެ.
މިކޮންސަލްޓަންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 މޭ 2017 ވާ ބުދަ ދުވަހުގެ 13:00 އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް(ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިންރިސަރޗް ސެންޓަރ ހުންނަ އިމާރާތް)އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްއުރަކުރަމެވެ.