ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1438 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން

1438  ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާ ބެހޭ.

 

އިޢުލާން

               

  • ·        1438 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން.  

02 ރަމަޟާން 1438 ވާ އާދީއްތަ ދުވަހުން ފެށިގެން 26 ރަމަޟާން 1438 (21 ޖޫން 2017) ވާ ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 10:30 އިން 13:00 އަށް، ފިޠުރު ޒަކާތް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ. ހަނިމާދޫގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ:

1 އާދައިގެ ހަނޑުލުންނަމަ މީހަކަށް 18.67 ރ (އަށާރަ ރުފިޔާ/ފަސްދޮޅަސް ހަތްލާރި)

2 ތައިލެންޑު ހަނޑުލުންނަމަ މީހަކަށް 43.20 ރ (ސާޅީސް ތިންރުފިޔާ/ވިހި ލާރި)

3 ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 64.80 ރ ( ފަސްދޮޅަސް ހަތަރުރުފިޔާ/ އަށްޑިހަ ލާރި)

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މޭ 2017
ހޯދާ