ދިވެހިރާއްޖެ
c
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ތުލުސްދޫ،
ދިވެހިރާއްޖެ
ނަމްބަރު: H4C-A/IUL/2017/07
އިޢުލާން
އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު
ކ.ހުރާ މެޖިސްސްޓްރޭޓް ކޯޓުގައި އެއަރކޮންޑިޝަން ބަހައްޓައިދިނުމާއި އެކޯޓުގެ ކަރަންޓް ވައިރު ބަދަލުކުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ.
ކ.ހުރާ މެޖިސްޓްރޭޓް ކޯޓުގައި 03 އެއަރކޮންޑިޝަން ޔުނިޓް ހަރުކޮށްދިނުމާއި އެކޯޓުގެ ކަރަންޓް ވައިރިން ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 މެއި 2017 ވާ ބުދަ ދުވަހުގެ 12:00 އަށް މަޢުލޫމާތު ސާފުކުރުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްއެދެމެވެ.
އަދި ތިރީގައިވާ ގޮތުގެ މަތިން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބް ހުށަހަޅާ ތާރީޙް: 05 ޖޫން 2017
އަންދާސީ ހިސާބް ހުށަހަޅާ ގަޑި: 12:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭތަން: ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް، ކ.ހުރާ މެޖިސްޓްރޭޓް ކޯޓް.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ 6640338/6640342 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
29 ޝަޢުބާން 1438
25 މެއި 2017