މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

 

 

                                                        އިޢުލާން ނަންބަރު: MRDC-IUL/2017/20

 

ވަޒީފާގެ ފުރުޞަތު

 

މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށްްް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ސީނިއަރ ޕްރޮޖެކްޓް އޮފިސަރ، ގްރޭޑް 5

ބޭނުންވާ ޢަދަދު:

02 (ދޭއް)

ކްލެސިފިކޭޝަން / ރޭންކް:

އެމް.އެސް 1 – ގްރޭޑް 5

މުސާރަ:

މަހަކު -/9630 ރުފިޔާ (ނުވަހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-  ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

-  ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    ޞިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-  ޕްރޮޖެކްޓްސް ތަކަށް ބޭނުންވާނެ ބިލް އޮފް ކުއެންޓިޓީޒް (ބީ.އޯ.ކިއު) ބިލް އޮފް މެޓީރިއަލްސް      (ބީ.އޯ.އެމް) ވާރކް ޝެޑިއުލް / ވާރކް އައުޓްސް ހަދަން އެހީތެރިވުމާއި، ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-    ޕްރޮޖެކްޓް ތަކަށް ބޭނުންވާ ޓެކްނިކަލް އަދި އެހެނިހެން ކުރެހުންތައް ތައްޔާރުކުރަން އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-    ޕްރޮޖެކްޓް މޮނިޓަރކޮށް ޕްރޮޖެކްޓް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާ ހިއްސާކުރުން.

-    ޕްރޮޖެކްޓްތަކުގެ ޑެއިލީ ، ވީކްލީ އަދި މަންތްލީ ރިޕޯޓް ހެދުން.

-    ޕްރޮޖެކްޓް ތަކުގެ ސައިޓް ސާވޭ ކުރުން.

-    ޕްރޮޖެކްޓް ތަކުގެ ޕޭމަންޓް ޝެޑިއުލް ހެދުމަށް އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-    ޕްރޮޖެކްޓްތައް ކުރިއަށްދާ ސައިޓްތައް ސްޕަވައިޒްކުރުން.

-    ޕްރޮޖެކްޓް ތަކާއި ގުޅިގެން ޑިޕާރޓްމަންޓުން ފުނޮވަންޖެހޭ ސިޓީ އާއި އެކިއެކި ލިޔެކިޔުންތައްޔާރުކޮށް ފޮނުވުން.

-    ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:

އެސިސްޓަންޓް ސަރވެޔަރ ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 3 – ގްރޭޑް 1

މުސާރަ:

މަހަކު -/5680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-  ލޭންޑް ސާރވޭ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ޑިޕްލޮމާ) ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

-  ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-  ކުންފުނީގެ ޕްރޮޖެކްޓްސްބތަކަށް ބޭނުންވާ ސާރވޭތައް ކުރުން.

-    ޕްރޮޖެކްޓްސް ތަކަށް ބޭނުންވާ ސާރވޭކުރުންތައް ތައްޔާރުކުރުން.

-    މަސައްކަތްތަކަށް ބޭނުންވާ ޑިޒައިން ލެވެލްސް ދިނުމާއި މަސައްކަތްތައް ހިނގަނީ ދީފައިވާ ލެވެލްސްތަކާއި އެއްގޮތަށްތޯ ބަލާ ޗެކްކުރުން.

-    ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމް:

އެސިސްޓެންޓް ޕްރޮޖެކްޓްސް އޮފިސަރ ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

02 (ދޭއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 2 – ގްރޭޑް 1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-    ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖުމަންޓު ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

-    މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން  ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-     ޑިޕާރޓްމަންޓުގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ޑްރާފްޓްކުރުމާއި، ޓައިޕްކޮށް އަދި ޑިސްޕެޗް ކުރުން.

-     ޑިޕާރޓްމަންޓުގެ ދުވަހު ރިޕޯޓް ތައްޔާރުކުރުން

-    ޑިޕާރޓްމަންޓަށް ބޭނުންވާ ހިދުމަތްތަކަށާއި ތަކެއްޗަށް ރިކުއެސްޓްކޮށް އެކަމަށް ފުރިހަމަ ކުރަންޖެހޭ ލިޔެކިއުން ފުރިހަމަކޮށް ޕްރޮކިއުމަންޓް ސެކްޝަނަށް ފޮނުވުން. އަދި ރިކުއެސްޓް ކުރި ތަކެތި ނުވަތަ ޚިދުމަތް ލިބޭތޯ ޗެކްކޮށް ފޮލޯއަޕް ހެދުން.

-    ޑިޕާރޓްމަންޓުން ސްކޭންކުރަންޖެހޭ ލިޔެކިއުންތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ސްކޭންކޮށް ރައްކާކޮށް، ފައިލްކުރަންޖެހޭ ލިޔެކިއުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.

-    ޑިޕާރޓްމަންޓްގެ ފަރާތުން އެހެން ޑިޕާރޓްމަންޓްތަކަށާއި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިއުންތައް ރެކޯޑުކޮށް ޙަވާލުކޮށް ފައިލްކުރުން.

-    ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޖޫން 7 ވާ ބުދަ ދުވަހު 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-     މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖޫން މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

     

 

                            25 ޝަޢުބާން 1438

                            21 މެއި    2017

 

26 މޭ 2017
ހޯދާ