މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް އައްޑޫ ސިޓީން 01 އަހަރު ދުވަހުގެ މުއްދަތަށް 02 ގުދަން ކުއްޔަށް ހިފުމާއި ބެހޭ

މި މިނިސްޓްރީގެ ނަންބަރ :  (IUL)138-AS6/1/2017/109 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން މި ޚިދުމަތް ދޭން ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 މެއި 29 ވާ ހޯމަ ދުވަހުގެ 12:00 އަށް މ މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް ހިތަދޫ ބްރާންޗަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް ހިތަދޫ ބްރާންޗަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 މެއި 29 ވާ ހޯމަ ދުވަހުގެ 13:00 އިން ފެށިގެން 2017 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 12:00  ގެ ނިޔަލަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 688-5753 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

25 މޭ 2017
ހޯދާ