ދިވެހިރާއްޖެ
އިޢުލާން
1438 ވަނަ އަހަރުގެ ރަމަޟާންމަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޢަރަބި ޤައުމުތަކުން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، 1438 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނާއި، ޔުނައިޓަޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަނީ ކަދުރު ޙަވާލުކުރައްވާފައެވެ.
މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ. ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހު، ސައްޙަ ލިޔުމަކަށް 1 ޕަކެޓް ކަދުރެވެ.
ހ. ގޭބީސީއެއްގެ ސައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު؛
ށ. ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
މިގޮތުން، މާލެއާއި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މެދުވެރިކޮށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. އެހެންކަމުން، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން 14:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކުން ފޮނުއްވުމަށް ދަންނަވަމެވެ.
ކަދުރު ބަހާނީ 25 މެއި 2017 ވާ ބުރާސްފަތި ދުވަހުން ފެށިގެން ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
29 ޝަޢުބާން 1438
25 މެއި 2017
ނޯޓް: 1438 ވަނަ އަހަރުގެ ރަމަޟާންމަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޢަރަބި ޤައުމުތަކުން ހަދިޔާކުރެއްވި ކަދުރު ބެހުމުގެ އުޞޫލު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ.