މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ

 މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

ނ.ހެނބަދޫ/ ދިވެހިރާއްޖެ

 

                                                ނަންބަރ: (IUL)285-D/285/2017/24 

އިޢުލާން

ހެނބަދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ:

                   ހެނބަދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު    (IUL)285-D/285/2017/21  އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އެސްޓިމޭޓް ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މޭ 2017 ވާ ބުދަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ޖޫން 2017 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ) ނުވަތަ ޤާނޫނު ނަންބަރު 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެފަދަ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.އަދި މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

                  27 ޝަޢްބާން 1438

                   24 މޭ 2017

 

 

 

 
24 މޭ 2017
ހޯދާ