ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

            މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • 10 ގޮނޑި              (ބައު)
  • 10 ކޭޝް ޑްރޯވަރ         (ހަލާކުވެފައި)
  • 02 ރިސިޕްޓް ޕްރިންޓަރ      (ހަލާކުވެފައި)
  • 01 ކޭޝް ކައުންޓިންގ މެޝިން (ހަލާކުވެފައި)

            މި ތަކެތީގެ ނީލަން ފެށޭ އަގަކީ 1,500.00 (އެއްހާސް ފަސްސަތޭކަ) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 100.00 (ސަތޭކަ) ރުފިޔާ އެވެ.

            ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 މޭ 24 ވާ ބުދަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު މިތަކެތި ބެއްލެވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހުު 2017 މޭ 24 ވާ ބުދަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ، ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން  އެދެމެވެ.

             26 ޝަޢުބާން 1438  

             22 މޭ     2017 

23 މޭ 2017
ހޯދާ