ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށި ބޯޓްޔާޑުގައި އިން ހަލާކުވެފައިވާ ބައުޒަރު ނީލަމުގެ އުސޫލުން ވިއްކާލުމަށް

އިޢުލާން

                  

މިކުންފުނީގެ އިޢުލާން ނަންބަރު  FSM-ADV-2017/020 ބާތިލް ކޮށް، މިކުންފުނީގެ ތިލަފުށި ބޯޓްޔާޑުގައި އިން ހަލާކުވެފައިވާ ބައުޒަރު ނީލަމުގެ އުސޫލުން ވިއްކާލުމަށް އަލުން އިޢުލާން ކުރަމެވެ

 

މުދަލުގެ ބާވަތް:   ފިއުލް ބައުޒަރު

ތަން:       އެފް އެސް އެމް ބޯޓްޔާޑް، ކ. ތިލަފުށި

ނީލަން ފެށޭ އަގު: -/3000 ރ

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 މޭއި 2017 ވަނަ ދުވަހުން ފެށިގެން 25 މޭއި 2017 އާއި ދެމެދުގެ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އެފް އެސް އެމް ބޯޓްޔާޑަށް ހާޞިރުވެ މިދެންނެވުނު ބައުޒަރު ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

ބައުޒަރު ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވުން އޮންނާނީ 25 މޭއި 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ޖަހާއިރު މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާގައިއެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) އަދި އެފަރާތަކުން ހުށައަޅުއްވާ އަގު، ލިޔުމުން ހުށައަޅުއްވަން ވާނެއެވެ.     

މިނީލަމުގައި އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް އެފަރާތުން ހުށައަޅުއްވާ އަގު ދެއްކުމަށްފަހު ތަކެތި ގެންދިޔުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7667060 ނުވަތަ 9621648 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

23 މޭ 2017
ހޯދާ