ދިވެހިރާއްޖެ
ނަންބަރު: IUL)GAAH/2017/1017)
އިޢުލާން
ގއ. އަތޮޅު ހޮސްޕިޓަލުގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:
ގއ. އަތޮޅު ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގެ ވޯޑްތަކުގެ ފާޚާންތަކުގެ މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)GAAH/2017/1004 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖޫން 2017 ވާ އާދީއްތަ ދުވަހު ދުވަހުގެ މެންދުރު 13:00 އަށް ގއ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2017 ވާ އާދީއްތަ ދުވަހު ދުވަހުގެ މެންދުރު 13:00އަށް، ގއ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
22 މެއި 2017