ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ީރިތި ޤުރްއާނާބެހޭ މަރްކަޒުގެ އައިޓީ މަސައްކަތާއި ވިއުގަ މަސައްކަތްކުރާނެ ފަރާތެއް ހޯދަން

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ އައިޓީ މަސައްކަތާއި ވިއުގަ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަޤާމު:  ރިސޯސް އައިޓީ ސުޕަވައިޒަރ

ބޭނުންވާ ޢަދަދު:  1

މުއްދަތު: ކޮންޓްރެކްޓު އުޞޫލުން 2 (ދޭއް) އަހަރު ދުވަސް (ފުރަތަމަ އެގްރީމެންޓު ކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ. 6 މަސް ހަމަވުމުން ޙާޟިރީއާއި މަސައްކަތަށް ބެލުމަށްފަހު ބަކީ އޮތް ދުވަސްތަކަށް އެގްރިމެންޓު އާކުރެވޭނެއެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-          އޮފީސްދާއިރާގެ މަސައްކަތްކުރާނެ ވިއުގައެއް ގާއިމްކޮށް ބެލެހެއްޓުން

-          މަރްކަޒުގެ ވެބްސައިޓާއި މަޢުލޫމާތު ފޯރުކޮށްދޭނެ ވަސީލަތްތައް އަޕްޓޭޑްކޮށް ބެލެހެއްޓުން

-          މަރްކަޒުގެ މަސައްކަތްތައް ޢާންމުންނަށް ފަސޭހައިން ބަލާލެވި، ޚިދުމަތް ލިބިގަނެވޭނެ ފަސޭހަ ޕޯޓަލްއެއް އައިޓީ މެދުވެރިކޮށް ގާއިމްކޮށް ބެލެހެއްޓުން.

-          އޮފީހުގެ ނެޓްވާރކްތައް ބެލެހެއްޓުން.

-          އީ-މެއިލް އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.

-          އޮފީހުގެ ކޮމްޕިއުޓަރތަކާއި، އައި.ޓީ އާބެހޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް ކަމާބެހޭ ފަރާތުގެ އެހީތެރިކަމާއެކު ހައްލުކުރުން.

-          އޮފީހުގެ ސަރވަރތައް ބެލެހެއްޓުން

-          މީގެ އިތުރުން އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އުޖޫރަ:

-          މަސައްކަތްކުރާ ގަޑިއަކަށް 100 (އެއްސަތޭކަ) ރުފިޔާ.

 

ޝަރުޠު:

-          އެމް.އެން.ކިޔޫ.އެފް ލެވެލް 5 ން ފެށިގެން މަތީ ސަނަދެއް ގުޅޭދާއިރާއިން ޙާޞިލްކޮށްފައިވުން.

-          މަސައްކަތަށް ބޭނުންވާ ދާއިރާ ތަކުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރުން. 

-          މަސައްކަތަށް ޤާބިލް ފަރާތަކަށްވުން.  

-          މަރްކަޒުން ދޭ ބަސްދީގަތުމުން ފާސްވުން. 

 

            ވީމާ ޝަރުޠު ހަމަވާ ފަރާތްތަކުން 2017 މޭ 30 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން ލިބިފައިވާ ތަޢްލީމީ ސަނަދު ތަކުގެ (އެޓެސްޓު ކުރެވިފައިވާ) ކޮޕީއާއި ވަނަވަރާއި، އައިޑީކާޑުގެ ކޮޕީއެކު ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ސިޓީ ފޮނުވުން އެދެމެވެ. މި މަސައްކަތަށް މީހުން ނެގުމުގައި ޔުނިވަރަސިޓީ/ކޮލެޖެއްގައި މިފަދަ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

22 މޭ 2017
ހޯދާ